top of page
Search
  • Writer's pictureadhly0

ކެންގަރޫ ކިޑްސް: ތަފާތު ސްކޫލެއް

މިއީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ކިޔަވައިދިނުމުގެ އެންމެ ފަހުގެ ވަސީލަތްތަކާއި އުފެއްދުންތެރި ހިޔާލުތައް ބޭނުންކުރަމުން އަންނަ އެއް ޕްރީ ސްކޫލެވެ.

އެ ސްކޫލް ހިންގަމުން އަންނަ އައިލެންޑާސް އެޑިޔުކޭޝަންގެ ޑިވެލޮޕްމަންޓް ޓީމުން އަބަދުވެސް ބަލަނީ އެންމެ ކުޑައިރުއްސުރެ ދަރިވަރުން ދިރިއުޅުމުގެ މައިދާނަށް ނެރެ ކާމިޔާބު ކުއްޖަކަށް ހަދާށެވެ. އެ ބިންގާ އަޅައިދިނުމަށްޓަކައި ބޭނުންކުރާނެ ޒަމާނީ އެހީތަކާއި، ޒަމާނީ ޓެކޮނޮލޮޖީއަށް ޓީޗަރުން އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރިއަށް ގެންދެ އެވެ. އެ ގޮތުން ކަރިކިއުލަމްގެ ތެރެއަށް ލެގޯ އެޑިއުކޭޝަން އަދި އޮސްމޯ ފަދަ ފަހުގެ ވަސީލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ.

ދަރިވަރުން އުނގެނެވޭނެ އެންމެ ފަސޭހަ ގޮތްތަކަކީ ކޮބައިތޯ ދިރާސާކޮށް، އެ ގޮތްތަކަށް ކުލާސްތަކުގައި ކިޔަވައިދެ އެވެ.


ކެންގަރޫ ކިޑްސް ޕްރީސްކޫލުގެ ދަރިވަރުންތަކެއް ފެންގަނޑަށް އެރި ކުޅެނީ.-- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

އެހެންކަމުން ކަންކަމުގައި އިސްނަގައި ކެރުންތެރިކަން އިތުރުކޮށް، ހިޔާލުފާޅުކޮށް، ސުވާލު އުފައްދާ، ސުވާލުކޮށް، މައްސަލަތަކަށް ހައްލު ހޯދައި، ކަންކަމާ ދޭތެރޭ ގިނަ ގޮތްގޮތަށް ވިސްނަން ދަސްކޮށްދިނުމަކީ ކެންގަރޫ ކިޑްސް ޕްރީ ސްކޫލްގެ މައިގަނޑު އުސޫލުތަކެކެ. ދަރިވަރުން ޝައުގުވެރިކަމާއި އުފާވެރިކަމާ އެކު ވަގުތު ހޭދަކުރާ ތަނަކަށް ކެންގަރޫ ކިޑްސް ވަނީ އެ ކަންކަން ރަނގަޅުކަމުންނެވެ. ދަރިވަރުން ޝައުގުވެރިވާ ކަންތައްތައް ސްކޫލުގެ ތެރޭގައި އަބަދުވެސް ހިންގަ އެވެ.


ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ދަރިވަރުންތަކެއް އެ ސްކޫލުގެ އިތުރު ހަރަކާތެއްގައި ބައިވެރިވަނީ.-- ފޮޓޯ:އައިލެންޑާސް އެޑިއުކޭޝަން

"ވަރަށް އިތުބާރާ އެކު އެ ކުދިން ވާހަކަދައްކާލަނީ. ޕްރިންސިޕަލް ވީމަ އެހެން ސްކޫލެއްގައި ނަމަ ބައެއް ކުދިން ތިބެދާނެ ވާހަކަދައްކަން ނުކެރިފައި. އެކަމަކު މި ސްކޫލުގައި ވަރަށް ތަފާތު. ކުދިންގެ ކޮންފިޑެންސް އާދަޔާ ހިލާފަށް ރަނގަޅު،" ތައުލީމީ ދާއިރާގައި 24 އަހަރު ހިދުމަތް ކުރައްވާފައިވާ ތަހުމީނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސް ސްކޫލުން އެންމެ ސަމާލުކަން ދެމުން އަންނަ ކަންތައްތައް

- ދަރިވަރުންނަށް ވިސްނަންވީ ގޮތާއި އަމިއްލަ އީޖާދުތައް އުފައްދަން އެހީތެރިވުމާއި މައްސަލަތައް ހައްލުކުރަން އެހީވުން

- ދަރިވަރުންނާ ގުޅޭ މާހައުލެއްގައި ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުން

- ކިޔެވުމަށް ފަސޭހަ މާހައުލެއް ގާއިމްކޮށްދިނުން

އޭނާ ވިދާޅުވީ އެ ސްކޫލުން ކިޔަވައިދެމުން އަންނަނީ ދުނިޔޭގެ 89 ގައުމެއްގައި ބޭނުންކުރާ ކަރިކިއުލަމަކަށް ކަމަށެވެ. އަދި އެ ކަރިކިއުލަމްގެ ތެރެއިން ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން އެކި މަސައްކަތްތައް ރާވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.


ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ކެއްކުމުގެ ހަރަކާތެއްގައި އެ ސްކޫލުގެ ތިން ދަރިވަރަކު ބައިވެރިވަނީ -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން

"މި ސްކޫލު މާހައުލުގައި ހަރަކާތްތެރިވާ ކުދިންގެ ކޮންފިޑެންސް ވަރަށް ރަނގަޅު. ވަރަށް ކެރިގެން ސުވާލުކޮށް ވާހަކަދައްކާނެ. ސްކޫލު ތެރޭގައި ހުންނަ ކުޅޭ ޔުނިޓުތަކަށް އެއްޗިއްސަށް ވެސް އަރާލާނެ ޖެހިލުމެއް ނެތި. އެކަންތައްތައް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ،" ތަހުމީނާ ވިދާޅުވި އެވެ.

ކްލާސްތަކުގައި ކިޔަވައިދެމުން އަންނަނީ ތީމެޓިކްކޮށް ވުމުން ކިޔަވައިދޭ އެކި ތީމްތަކާ ގުޅުވައިގެން ދޭތެރެެ ދޭތެރެއިން ކްލާސްތަކުގެ ޑެކަރޭޝަނަށް ވެސް ބަދަލުތަކެއް ގެނެ އެވެ. އަދި އެ ހަފުތާގެ ތެރޭގައި ކިޔަވައިދެނީ އެ ތީމަކާ ގުޅޭ އެއްޗިއްސެވެ.

"މިހަފުތާގައި އަންޑަ ވޯޓަ ތީމް ކިޔަވައިދެންޏާ ކްލާސްރޫމް ބޭރަށް ބަލާލިއަސް އެނގޭނެ އެ ކުލާހުގައި ކިޔަވައިދެނީ އަންޑަ ވޯޓާ ތީމްކަން. ކްލާސް ރޫމްގެ އެތެރެ އާއި ބޭރު ވެސް ހުންނާނީ އަންޑަ ވޯޓާ ތީމަށް ޑިކަރޭޓްކޮށްފައި. މިގޮތަށް ކްލާސްރޫމް ޑެކަރޭޝަނަށް ބަދަލުތަކެއް ގެނައިމަ ކުދިން ވަރަށް ޝައުގުވެރިވޭ،" ތަހުމީނާ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ތައުލީމީ ދާއިރާއެއްގެ ބޭނުމަކީ ދަރިވަރުން ބޮޑެތި ވަމުން އަންނައިރު ކަންކަމަށް ކެރިގެން ކުރިމަތިލައި އަމިއްލައަށް ވިސްނައިގެން ކަންތައްތައް ނިންމަން އެނގޭ ބަޔަކަށް ވުމެވެ. ކެންގަރޫ ކިޑްސް އިން ފޯރުކޮށްދޭ ތައުލީމުން ކޮންމެ ދަރިވަރަކަށް ވެސް އެކުއްޖެއްގެ ކިބައިގައި ހުރި ކުޅަދާނަކަން ދެނެގަނެ، އެ ހުނަރުތައް ތަރައްގީކޮށްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ޕްރީސްކޫލް އިހުތިޔާރުކުރަން ޖެހެނީ، ތަހުމީނާ ވިދާޅުވި ގޮތުގައި، އެ ސަބަބުތަކާ ހެދި އެވެ.

"މި ސްކޫލުން އެކަހަލަ ކުދިން މި ނެރެނީ. ތަފާތު ދެއްކުމަށް މި މަސައްކަތް ކުރަނީ،" ތަހުމީނާ ވިދާޅުވި އެވެ.

ކިޔަވައިދިނުމުގެ އިތުރުން ކެންގަރޫ ކިޑްސް އިން އަންނަނީ ކުޅިވަރަށް ވެސް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ހާހަކަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގައި ކުޅިވަރުގެ އެކި ފެސްޓިވަލްތަކާއި މުބާރާތްތައް ބާއްވައި ކުދިންގެ އިޖުތިމާއީ ގުޅުންތައް ރަނގަޅުކޮށް ކުދިންގެ މެދުގައި ކުޅިވަރަށް އޮންނަ ލޯބި ބޮޑުކުރުވަ އެވެ. ކުޅިވަރުގެ ކަންތައް ބަލަހައްޓަމުން އަންނަނީ އެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައި ތިބި ޓީޗަރުގެ ބެލުމުގެ ދަށުންނެވެ.


އެހެން ސްކޫލްތަކާ ތަފާތު ވަނީ ކިހިނެއް؟

ކެންގަރޫ ކިޑްސްގައި 2-6 އަހަރުގެ އުމުރުފައިގެ ކުދިންނަށް ހާއްސަކޮށްގެން ކިޔުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގަ އެވެ. އެ ޕްރޮގްރާމް ހިންގަނީ އިނގިރޭސި ބަހުން ވާހަކަދައްކަން ކުޅަދާނަ ޓީޗަރުންނެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު ޓްރީ ހައުސް ލައިބްރަރީގައި ކްލާސް ޓީޗަރާ އެކު 30 މިނެޓް ހޭދަކުރެ އެވެ. އެ ވަގުތުތަކުގައި ދަރިވަރުންނަށް ފޮތް އިހުތިޔާރުކުރަން ދަސްކޮށްދޭނެ އެވެ.

ބައެއް ދަރިވަރުންނަކީ އެކި ގޮތްގޮތަށް ތައުލީމު ހާސިލްކުރަމުން އަންނަ ބައެކެވެ. އެގޮތުން ކެންގަރޫ ކިޑްސް އިން އަންނަނީ އެ ދަރިވަރަކަށް ތައުލީމު ހާސިލްކުރަން ފަސޭހަ ގޮތަކަށް ކިޔަވައިދެމުންނެވެ. ސްކޫލުގެ އެކި ދަތުރުތައް ހަމަޖައްސާއިރު ވެސް ދަރިވަރުންނަށް ފަސޭހައިން އެއްޗެހި ދަސްކުރެވޭނެ ގޮތްތަކަށް ކަންކަން ރާވަ އެވެ. މި ހުރިހާ ސަބަބަކަށް ބަލާއިރު ވެސް ކެންގަރޫ ކިޑްސް އަކީ މުޅިން ތަފާތު ސްކޫލެއްކަން އެނގެ އެވެ.

42 views0 comments
bottom of page