top of page
Search
  • Writer's pictureadhly0

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލައިފި

ކެންގަރޫ ކިޑްސްގެ އެކި ގްރޭޑްތަކަށް 2019 އަހަރަށް އެޑްމިޝަންސް އަށް މިހާރުވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

އެގޮތުން 31 މާޗް 2019 ގެ ނިޔަލަށް ދެ އަހަރު ފުރޭ ކުދިންނަށް ޕްލޭސްކޫލް، ތިން އަހަރު ފުރޭ ކުދިންނަށް ނާސަރީ، ހަތަރު އަހަރު ފުރޭ ކުދިންނަށް ޖޭކޭޖީ އަދި ފަސް އަހަރު ފުރޭ ކުދިންނަށް އެސްކޭޖީ އަށް ވަދެވޭނެ ކަމަށް އެ ސްކޫލުން ބުންޏެވެ.

މިގޮތުން، މި އަހަރު ފާހަގަކޮށްލެވިގެން ދިޔައީ ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީސްކޫލަށާއި، އެ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ އައިމިނަތު ތަޙުމީނާއަށް ވަރަށް ޚާއްސަ އަހަރަކަށެވެ.

މި ސްކޫލް ވަނީ މިއަހަރުގެ ތެރޭގައި، 100 އަށް ވުރެ ގިނަ ކެންގަރޫ ކިޑްސް ފްރެންޗައިސްގެ ސްކޫލްތަކާ ވާދަކޮށް، ފްރެންޗައިސްގެ ވެރިފަރާތް ކަމަށްވާ ކެންގަރޫ ކިޑްސް އެޑިޔުކޭޝަން ލިމިޓެޑުން ދޭ 'ބެސްޓް ޕާޓްނަ ޓު ޓްރާންސްފޯމް އެޑިޔުކޭޝަން' ގެ އެވޯޑު ޙާސިލްކޮށްފަ އެވެ. ބައިނަލްއަޤްވާމީ ކުންފުންޏަކުން މިފަދަ އެވޯޑެއް ދިވެހިރާއްޖޭގެ ސްކޫލަކަށް ލިބުނުކަމީ އެކަމާ ފަޚުރުވެރިވުން ޙައްޤު ކަމެކެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޕްރީސްކޫލް ތަޢުލީމަށް، ކެންގަރޫ ކިޑްސް ގެނެސްދީފައިވާ އިންޤިލާބަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ކެންގަރޫ ކިޑްސް ވުޖޫދަށް އައުމުގެ ކުރިން، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި އަމިއްލަ ގޮތުން ޕްރީސްކޫލްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ކުޑަ އަޙައްމިއްޔަތުކަމެއް ދެވިފައި އޮތް ކަމެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭރު، ބޮޑު އަޙައްމިޔަތުކަމެއް ދެވިފައި އޮތީ ފަށާ ތަޢުލީމު ނުވަތަ ޕްރައިމަރީ އިން ފެށިގެން ގޮސް މަތީ ސާނަވީގެ ތަޢުލީމަށެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ އަދި ފާހަގަކޮށްލެވޭ އެވޯޑުތައް ވެސް ޙާސިލްކޮށްފައިވާ ކެންގަރޫ ކިޑްސްގެ ކަރިކިއުލަމް ރާއްޖެ އައުން ވެގެންދިޔައީ، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ޕްރީސްކޫލް ތަޢުލީމުގެ މުޙިއްމުކަން ދައްކުވައިދިން ކަމަކަށެވެ.



ކެންގަރޫ ކިޑްސް ސްކޫލް ހިންގާ އައިލެންޑާސް އެޑިއުކޭޝަނުން ބުނީ "ސްޕްލޭޝް" ނަމުގައި ފެށި މި ޕްރޮގްރާމުގެ ބޭނުމަކީ، ކޮންމެ ދަރިވަރަކަށް ވެސް ނާސަރީ ތައުލީމް ނިމޭއިރު ފަތަން ދަސްކޮށްދިން ކަމަށެވެ. އެގޮތުން އެ ހަރަކާތް ހިންގަން ނިންމާފައިވަނީ ހަފުތާގެ ހަ ދުވަހު، ކޮންމެ ދުވަހަކު ވެސް ދެ ސެޝަނަކަށް ބަހާލައިގެން ކަމަށް އައިލެންޑާސް އިން ބުންޏެވެ.

ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި ތިން އިންސްޓްރަކްޓަރަކު ހަރަކާތްތެރިވާނެ އެވެ.

އައިލެންޑާސްގެ އޮފިޝަލަކު ވިދާޅުވީ އެސްކޭޖީ ދަރިވަރުންނަށް ސްޕްލޭޝްގައި ފީއަކާ ނުލައި ބައިވެރިވެވޭނެ ކަމަށެވެ. އެކަމަކު އެހެން ގްރޭޑުތަކުގެ ދަރިވަރުންނަށް ފީއެއް ދައްކަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.


ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ދަރިވަރުން ކުޅެނީ | ފޮޓޯ: ކެންގަރޫ ކިޑްސް

މިގޮތުން ކެންގަރޫ ކިޑްސްގެ އެންމެ ޚާއްސަކަމަކީ ކޮބައިތޯ ޕްރިންސިޕަލް ތަޙުމީނާ ގާތު އެހުމުން ވިދާޅުވީ، "އަޅުގަނޑުމެންގެ ސްކޫލްގައި ކިޔަވާ ކޮންމެ ކުއްޖެއް ވެސް ސްކޫލަށް އަންނަނީ ވަރަށް އަންނަ ހިތުން. ސަބަބަކީ ކިޔަވާދިނުމުގެ އިތުރުން ތަފާތު އެތަކެއް ޙަރަކާތްތަކެއްގައި ކުދިން އެބަ ބައިވެރިވޭ. މީގެ ތެރޭގައި ކުޅުން، ވާހަކަ ކިޔައިދިނުން، ކްލާސްތެރޭގައި ހިންގާ ތަފާތު ޙަރަކާތްތައް، ޚާއްސަ ދުވަސްތައް ފާހަގަކުރުން، މިހެންގޮސް ކުދިންގެ އުމުރާއި ގުޅޭ، އެކުދިން ޝައުޤުވެރިވާފަދަ އެތައް ކަމެއް އަޅުގަނޑުމެން ހިންގަން. މީގެ ތެރޭގައި ވޯލްޑް ފެސްޓް، ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް، މާމައިންނާ ކާފައިންގެ ހަފްތާ، ޕެޓް ފަން ޑޭ، ހެލްތު އެޑިޔުކޭޝަން ވީކް، މަމް އެންޑް މީ ވެޖީ ޕެޗް ޑޭ، ޕެޓް ކެއަ ޑޭ، އިސްލާމިކް ސްޕެޝަލް ޑޭ، ކާ ވޮޝް ޑޭ އަދި މީގެ އިތުރުންވެސް އެތައް ކަމަކަށް ޚާއްސަކޮށްގެން ހިންގާ ދުވަސްތަކާއި އަދި ކޮންމެ ގްރޭޑަކަށް ޚާއްސަ ދުވަސްތަކާއި މިހެންގޮސް ތަފާތު އެތައްކަމެއް ހިމެނޭ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ޕްރީސްކޫލަކީ ކުދިންނަށް މަޖާ އަދި އެކުދިން ލޯބިވާ ތަނަކަށް ވާންޖެހޭނެ އަދި އެތަނުގައި ކިޔަވައިދޭ މުދައްރިސުންނަކީވެސް ކުދިން ލޯބިވާ ފަދަ ސިފަތަކެއް ހުންނަ ބަޔަކަށް ވާންޖެހޭނެ. ސަބަބަކީ މި އުމުރުފުރާގައި މި އުޅެނީ އެކުދިންގެ ތަޢުލީމީ ޙަޔާތުގެ ބިންގާކަމަށްވާތީ." ކަމަށެވެ.


ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ދަރިވަރުން އައިޕެޑް ބޭނުން ކުރަނީ | ފޮޓޯ: ކެންގަރޫ ކިޑްސް

ގެ އިތުރުން ކިޔަވައިދިނުމުގައި މި ސްކޫލްގައި ބޭނުންކުރާ ތަފާތު ޓެކްނޮލޮޖީތަކަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. މީގެ ތެރޭގައި ލެގޯ އެޑިޔުކޭޝަން އަދި އައިޕެޑް މެދުވެރިކޮށް ކުޅޭ ލެގޯ ޓިގްލީ އަދި އޮސްމޯ ފަދަ އުފެއްދުންތައް ހިމެނެއެވެ. މި ތަކެއްޗަކީ ކުދިންގެ ތޫނުފިލިކަން އިތުރަށް މުއްސަނދިކޮށްދީ، އުފެއްދުންތެރި ބަޔަކަށް ވުމަށްޓަކައި އެހީވެދޭނެ ކަންކަން ކަމުގައި ސްކޫލުން ޤަބޫލުކުރެއެވެ.

ބޭރުގެ ގިނަ ޤައުމުތަކާ ޚިލާފަށް، ދިވެހިރާއްޖެއަކީ އަދި އާބާދީގެ އެންމެ ބޮޑު ބައެއް ދިރިއުޅޭ މާލެއަކީ ޖާގައިގެ ދަތިކަން ވަރަށް ދަތި ތަނެކެވެ. އެގޮތުން ކުދިން އެންމެ ގިނަ ވަގުތު ހޭދަކުރާ އެ ކުދިންގެ ގޭގެއަކީ ނިސްބަތުން ކުޅެލާނެ ޖާގައެއް އޮންނަ ތަންތަނެއް ނޫނެވެ. ކެންގަރޫ ކިޑްސް ޕްރީސްކޫލަކީ މިގޮތުން ވެސް ކުދިންނަށް ޖާގައިގެ ގޮތުން ތަނަވަސް ޕްލޭގްރައުންޑެއް ލިއްބައިދޭ، އަދި ކުދިންގެ އުމުރާ ގުޅޭގޮތަށް ކުޅޭ ސާމާނާއި ސޭންޑް ޕިޓެއް، އަދި ޓްރީ ހައުސް ފަދަ ވަސީލަތްތައް ވެސް ހުރި ތަނެކެވެ.


ކްލާސްރޫމްތައް ވެސް ފަރުމާ ކުރެވިފައި ހުންނަނީ ކުދިންގެ އުމުރާ ގުޅޭ ގޮތަށެވެ.

"ޢާންމުކޮށް ތުއްތު ކުދިން ކުޅެ އުޅެނީ ގޭގައި، އާއިލާގެ މެމްބަރުންނާއި އެކުގައި ނުވަތަ އެކަނި. އަސްލު ހަގީގަތުގައި އެންމެ ތުއްތު އިރުގައި ވެސް ކުދިން، އެކުދިންނާ އެއްއުމުރުގެ ކުދިންނާ އެކުގައި، ޖާގަ ތަނަވަސް ތަންތަނުގައި މިނިވަންކަމާއެކު ކުޅުމުގެ ފުރުސަތު ދިނުމަކީ އެ ކުދިންގެ ހެދިބޮޑުވުމަށްޓަކައި ވަރަށް މުޙިއްމު ކަމެއް. މިކަމުގެ ސަބަބުން އެ ކުދިންނަށް މުޢާމަލާތްކުރަން ދަސްވެ، މުޖްތަމަޢުގެ ތެރޭގައި އުޅެން ދަސްވޭ. މިކަމަށްޓަކައި އަޅުގަނޑުމެންގެ ޕްލޭސްކޫލް ވަރަށް އެކަށޭނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ފާއިތުވީ 3 އަހަރު ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމް ފުރުއްވާފައިވާ ތަޙުމީނާ ވިދާޅުވިގޮތުގައި، ސްކޫލްގެ އެންމެ ޙާއްސަކަމަކީ ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބެވެ.

"މި ސްކޫލްގައި ކިޔަވާ ކޮންމެ ދަރިވަރަކީ ވެސް އަޅުގަނޑުގެ ދަރިއެއް. އަދި އެ ކުދިންގެ ފަރާތުން ކޮންމެ ދުވަހަކުމެ ލިބޭ ލޯތްބަކީ އޭގެ އަގުކުރެވޭނެ އެއްޗެއް ނޫން. އެގޮތުން ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބާއި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ އެ ކުދިންގެ ޕްރީސްކޫލްގެ އަހަރުތަކަކީ ބިނާކުރަނިވި ތަޖުރިބާތަކެއް އެ ކުދިންނަށް ލިއްބައިދިނުން ކަށަވަރުކުރުމަށް، އަޅުގަނޑާއި އަޅުގަނޑާ އެކު ބުރަކޮށް މަސައްކަތްކުރާ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރު."

ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްރީ ސްކޫލަށް ކުދިން ވެއްދުމަށް ޝަޢުޤުވެރިވާ ބޭފުޅުން، ސްކޫލަށް ވަޑައިގެން ގުޅައިގެން ނުވަތަ ސްކޫލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް އެ ސްކޫލުން އެދެއެވެ.


191 views0 comments
bottom of page